މޫސުން ރަގަޅުކަމަށް ލަފާކުރެވޭތީ ނެރެފައިވާ އެލާޓްގެ މުއްދަތު އިތުރު ނުކުރާނެ - މެޓް

ރާއްޖޭގެ މޫސުން ލަފާކުރެވެނީ ރަގަޅަށް ކަމަށާއި ދެކުނުން ހުވަދު އަތޮޅަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ނެރުނު ޔެލޯ އެލާޓުގެ މުއްދަތު ހަމަވިއިރު މޫސުން ރަނގަޅު ކަމަށް ލަފާކުރެވޭތީ އެލާޓްގެ މުއްދަތު އިތުރު ނުކުރަން ވަނީ ނިންމާފައި ވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބެނެފިއެވެ.
ވަނުވާއަށް މައުލޫމަތު ދެމުން ޑިޕާޓްމެންޓް އޮފް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ ރާއްޖެ އަށް މިކުރާ ވިއްސާރައަކީ އިރު ދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފާއި އެއްވެސް ގުޅުމެއް އޮތް ވިއްސާރައެއް ނޫންކަމަށާއި ރާއްޖެއަށް މިކުރަނީ މޫސުމީ ވައްސާރައެއް ކަމަށެވެ. އަރަބި ކަނޑުގައި އުފެދިފައިއެވާ ލޯ ޕްރެޝަރ ތޫފާނަކަށް ބަދަލުވި ނަމަވެސް ރާއްޖެ އެއިން އަސަރެއް ނުކުރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
"އެހެންކަމުން ރާއްޖެއަށް ކުރާ ވިއްސާރައާ ގުޅިގެން ހުވަދު އަތޮޅަށް ޔެލޯ އެލާޓް ނެރުނު ނަމަވެސް އެ ސަރަހައްދުގެ މޫސުން ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވޭތީ އެލާޓްގެ މުއްދަތު އިތުރު ނުކުރަން. އަދި މ. އަތޮޅުން އައްޑުއާއި ހަމައަށް ނެރެފައިވާ އެލާޓްގެ ވަގުތު ހަމަވާއިރު މޫސުން ރަނގަޅު ނަމަ އެސަރަހައްދު ތަކަށްވެސް މުއްދަތު އިތުރެއް ނުކުރާނެ،" މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
މިހާރު ކުރަމުން މިދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުތަކެއް ވެފައިވާއިރު, ރާއްޖޭގެ މަސްވެރިކަމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ