އެސޯސިއޭޝަން އޮފް ސާކް ސްޕީކާސް އެންޑް ޕާލަމެންޓޭރިއަންސްގެ 8 ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީޙް މުޙައްމަދު ކޮލޮމްބޯ އަށް ވަޑައިގަންނަވައިފިއެވެ.ސާކް ޤައުމުތަކުގެ މެދުގައި ހިމެނޭ މަޖިލީހުގެ މެންބަރުންގެ މެދުގައި ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާއަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ ރައީސްގެ އިތުރުން މެމްބަރު އަބްދުﷲ ރިފާއު، މެމްބަރު އަސްމާ ރަޝީދު، މެމްބަރު އަލީ އާމިރުގެ އިތުރުން މަޖްލީހުގެ އަމީންއާމް އާއި އަމީން އާމް ގެ ނައިބްއެވެ. ރާއްޖެއިން ވަޑައިގެންނެވި ވަފުދައަށް ލަންކާއިން މަރްހަބާ ވިދާޅުވެފައިވަނީ އެ ގައުމުގެ ރުލީންގ ޕާޓީގެ އިސް މެމްބަރުންގެ އިތުރުން ދިވެހި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ސްރީ ލަންކާއަސް ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއަށް ވަޑައިގެން މެހަމާނުންގެ ފޮތުގައި ސޮއި ކުރައްވާފައެވެ. ސާކް ސުޕީކަސް ކޮންފަރެންސްއަށް ވަޑައިގެންނެވި ދިވެހި ވަފުދުގެ ބޭފުޅުންނާއި މިއަދު ލަންކާގެ ރައީސް މައިތިރްޕާލާ ސިރިސޭނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންޙާވެސް ބަދަލު ކުރައްވާނެއެވެ.ސާކް ގައުމު ތަކުގެ ހުރިހާ ސުޕީކާރުން ބައިވެރިވެވަޑައިގަންނަވާއިރު، މެމްބަރު ގައުމު ތަކުން 40 އަށް ވުރެ ގިނަ މަޖިލީސް މެމްބަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންފައެވެ. މި ބައްދަލުވުމުގައި ދިވެހި ރާއްޖެއިން ފުރުތަމަ ޗެއާ ކުރާއިރު، ދިވެހި ރާއްޖެއިން މި ބައްދަލުވުމުގެ ރިޔާސަތު ލަންކާއަށް ހަވާލް ކުރާގޮތައް ވަނީ ހަމަޖެހިފައެވެ. ސާކް ސުޕީކާސްގެ ބައްދަލުވުން މިދިޔަ އަހަރު ބާއްވާފައިވަނީ ރާޢްޖޭގައި. މި ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންގެ ޝަރަފްގައި މިއަދު ލަންކާގެ މަޖިލީހުގައި ވަރަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޖްލިސް ރައީސް ލަންކާގެ ޕާލިމަންޓްގެ އިސްވެރިންނާއި ބައްދަލު ކުރައްވަނީ
ލަޔާލް މަނިކް
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
15 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
15 ގަޑި ކުރިން
ސާކްގެ ސްޕީކާސް ކޮންފެރެންސްއަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ލަންކާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ