މީދޫ ޖަމްޢިއްޔަތުއް ޞަލާހުން އިންތިޒާމްކުރާ ޑރ. ޝަހީމްގެ ދަރުހެއް މާދަމާ ހަވީރު!

މީދޫ ޖަމްޢިއްޔަތުއް ޞަލާހުން އިންތިޒާމްކުރާ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ދަރުހެއް މާދަމާ ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.
 
'ކެތްތެރިވުން' މި މަޢުޟޫއުއަށް ކުރިއަށް ގެންދާ މި ދަރުސް މާދަމާ ހަވީރު 17:30 ގައި މީދޫ ޖަމްޢިއްޔަތުއް ޞަލާހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާނެކަމަށް އެ ޖަމްޢިއްޔާއިން އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަންނަނީ މި ރަމަޟާން މަހު ކޮންމެ ދުވަހަކުވެސް އެކި ޕޭޖުތައް މެދުވެރިކޮށް ލައިވް ދަރުސްތައް ދެމުންނެވެ.
 
މިހާރު ރާއްޖޭން ބޭރުގައި ދިރިއުޅު ނަމަވެސް ދިވެހިންނަށް ދީނީ އެކި މަޢުލޫމާތު ދިނުމަށް ޑރ. ޝަހީމް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ