ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ބ. ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި
ފިރިހެނެކެވެ. އެމީހާ އަތުން މަސްތުވާތަކެތި
ފެނިފައިވަނީ، މާލެއިން ކެންދޫއަށް ދިޔަ ލޯންޗަކުން ގެންދިޔަ ފޮށިގަނޑެއް ބަލައި
ފާސްކުރި އިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މާލެއިން ކެންދޫއަށް އަންނަ ލޯންޗަކުން
މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ގެންނަ ކަމުގެ މައުލޫމާތު ބ. ކެންދޫ ޕޮލިސް
ޑެސްކަށް ލިބުމާ ގުޅިގެން ކުރި މަސައްކަތުން، ތުހުމަތު ކުރެވޭ ފޮށިގަނޑު ބަލައި
އައި މީހާ ފޮށިގަނޑާއެކު ހުއްޓުވުމުން ފޮށިގަނޑު ދޫކޮށްލުމަށްފަހު ފިލުމުންނެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި
ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ
ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ