އެމްޔޫ ސްޓޯރުން ކުރިއަށްގެންދިޔަ 'އިންޑޯމިލްކް' ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާއާ އެ އިނާމު އަންނަ ހުކުރު ދުވަހު ހަވާލުކުރަން ނިންމައިފި އެވެ.
އިންޑޯމިލްކް ސްކްރެޗް އެންޑް ވިން ޕްރޮމޯޝަންގެ ބޮޑު އިނާމަކީ 100،000ރ.ގެ ފައިސާގެ އިނާމެވެ.
މި ޕްރޮމޯޝަން ފެށުނީއްސުރެ، އެތައް ހާސް ބަޔަކު ވަނީ އިންޑޯމިލްކްގެ ޕެކެޓްތައް ގަނެ މިކަމުގައި ބައިވެރިވެފަ އެވެ.
މިއީ އިންޑޯމިލްކަށް އާންމުންގެ ތެރޭގައި އޮތް ލޯތްބަށް ޝުކުރު އަދާކުރުމުގެ ގޮތުން އެމްޔޫ ސްޓޯރުން ކުރިއަށްގެންދިޔަ ވަރަށް ހާއްސަ ޕްރޮމޯޝަނެކެވެ. އެގޮތުން، ސްކްރެޗު އެންޑް ވިން ޕްރޮމޯޝަންގެ ތެރޭގައި މި ލޯބި އިތުރުވެ، އާންމުންގެ ބައިވެރިވުން ވަރަށް ބޮޑަށް ފެނިގެންދިޔަކަން އެ ސްޓޯރުން ފާހަގަކުރި އެވެ.
ޕްރޮމޯޝަންގެ ބޮޑު އިނާމު ހަވާލުކުރުމާ ގުޅޭ އަޕްޑޭޓްތައް އެމްޔޫ ސްޓޯރުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތައް ފޮލޯކޮށްލުމުން ލިބޭނެ އެވެ. އަދި އެ ހަރަކާތް ހުކުރު ދުވަހުގެ ރޭ 7:45ގައި ޓީވީއެމުން ލައިވް ވެސް ކުރާނެ އެވެ.
އިންޑޯމިލްކް ޕްރޮމޯޝަންގެ ބޮޑު އިނާމު ނަސީބުވެރިޔާއާ ހަވާލުކުރުން 16 މޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ