ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް 60 ދުވަހަށް ގޭގައި މަޑުކުރަން އަންގަވައިފި

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް 60 ދުވަހަށް ގޭގައި މަޑުކުރުމަށް އަންގަވައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަންގެ 40ވަނަ ބައްދަލުވުމުގައިވަނީ ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމްއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ބައްލަވާފައެވެ.
އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް، ފާޅުގައި ރިޝްވަތު ނަންގަވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިއަ ޕޯސްޓްތަކަކާ ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫންވެސް މައްސަލަތަކެއް ޖޭއެސްސީންވަނީ ތަޙްޤީޤު ކުރައްވާފައެވެ.
މިތަޙްޤީޤު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިޢާޔަތްކޮށް، މިމައްސަލައިގެ ބަލައި ވަކިގޮތެއް ކަނޑައަޅުއްވަންދެން، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25ވަނަ މާއްދާގެ ދަށުން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އޭނާއަށް އެންގުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައިވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ