ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އާއިލާތަކާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ކުޑަކުދިންނާ ގުޅޭ 81 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރި އިރު އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވެ އެވެ. އެއީ 19 އަންހެން ކުއްޖަކަށާއި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.
ދެން އެންމެ ގިނައީ ކުދިންނަށް އަޅާނުލުމުގެ މައްސަލަތަކެވެ. އޭގެ 18 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.
ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ޖިސްމާނީ އަނިޔާގެ 8 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ. ބުލީގެ ހަތް މައްސަލައަކާއި ސައިބާ ބުލީގެ ހަތަރު މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން 8 މައްސަލައަކީ ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ މައްސަލަތަކެވެ.
މިނިސްޓްރީގެ 1412 ހެލްޕްލައިނަށް މިދިޔަ މަހު 1،379 ކޯލް ލިބިފައިވާއިރު، 1421 އަށް 626 ކޯލް ލިބިފައިވެ އެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން މިނިސްޓްރީ މެދުވެރިކޮށް 161 ކައުންސެލިން ސެޝަން ބާއްވާފައިވާއިރު، 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް 44 ދީފައިވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ