ފުލުހުންގެ އެސްއޯގައި ކުރިން މަސައްކަތް ކުރަމުންއައި އަބްދުﷲ އިބްރާހީމް (ޑީޑީ) ހައްޔަރުކޮށްފި އެވެ.
ވީ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ އިބްރާހީމް ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އަބްދުﷲ އިބްރާހީމް މިއަދު ހައްޔަރުކޮށްފައިވާއިރު، އޭނާ ގެމަނަފުށީގައި ހުއްޓައި ގއ. ވިލިނގިލީގައި މަަސައްކަތް ކުރާ ފުލުހުން އެރަށަށްގޮސް ހުސްވި ފެބުރުއަރީމަހުގެ 26 ވަނަ ދުވަހު ފުލުހުން އޭނާގެ ފޯނު ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ ކޮމިޝަނަރ ބިއުރޯގެ ހެޑްފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތު ހިއްސާކުރެވެން ނެތްކަމަށެވެ.
މިދުވަސްވަރު ފުލުހުންތަކެއް ހައްޔަރުކުރަމުންދާކަމަށް އަޑުފެތުރެމުންދާއިރު، މިހާތަނަށް ހައްޔަރުކޮށްފައިވަނީ ކިތައް ފުލުހުން ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.
ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ކުރިން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއްވެސް ބުނެފައެއް ނުވެ އެވެ.
ސޯޝަލްމީޑިޔާގައި އާއްމުވެފައިވާ ބައެއް ފޮޓޯތަކަށް ބަލާއިރު، އަބްދުﷲ އިބްރާހީމް ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އަދި ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ގެންދިއަ ވަގުތު އަބްދުﷲ އިބްރާހީމްގެ އާއިލާވެސް އެވަގުތު އެއަރޕޯޓްގައި ތިއްބެވެ.
އެސްއޯގައި މަސައްކަތް ކުރި އަބްދުﷲ އިބްރާހީމް (ޑީޑީ) ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ