ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މެޓްގެ އެލާޓެއް
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، 14:00އިން ފެށިގެން 20:00އަށް ވައިޓް އެލާޓް ނެރެފައެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މިދިޔަ ބުދަ ދުވަހު މެޓް އޮފީހުން ވަނީ މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން، މި ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބުނެފައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ، މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ވަރަށް ބާރަށް ގުގުރައިފައިވެއެވެ. އަދި ހުޅުމާލެއަށް ހޮނު އަޅައި އިމާރާތަކަށް ގެއްލުންވެފައި ވެސްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ