ދެ ފުލުހަކަށް ހަމަލާދީ ސައިކަލުގައި ހުޅުޖެހި މައްސަލައިގާ ހޯދާ މީހާ ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެ

ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދިމާކޮށް މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ބޭއްވި މުޒާހަރާތައް ކުރަމުންދިޔަ ވަގުތު ފުލުހަކަށް ހަމަލާދީ އޭނާގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ހ. ރެދަން، ފަވާޒް ކަޅުތުއްތު، އެވެ.
އޭނާގެ މުއްދަތު ޖެހުމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓަށް އޭނާ ގެންދިއުމުން ކޯޓުން ވަނީ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމުގެ ހުއްދަދީފަ އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފަވާޒް ހޯދަމުން ދަނިކޮށް އޭނާ ރޭ ވަނީ ފުލުހުންނާ އަމިއްލައަށް ހަވާލުވެފައި ކަމަށެވެ.
ފަވާޒު ދެފުލުހަކަށް ހަމަލާދީ ސައިކަލުގައި ރޯކޮށްލާފައި ވަނީ މަޖީދީ މަގު، މާލޭ ސިޓީ ކައުންސިލް އިދާރާ ކުރިމަތިން ދެ ފުލުހުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، މަޑުކުރުވުމަށްފަހު ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ