ދިރާގު ޕްރީ ސްކޫލް ފުޓުބޯޅަ ފެސްޓިވަލް ބާއްވައިފި

އަހްމަދިއްޔާ ސްކޫލާ ގުޅިގެން ބޭއްވި "ދިރާގު ޕްރީ ސްކޫލް ފުޓްބޯލް ފެސްޓިވަލް 2019" ނިންމާލައިފި އެވެ.
ހެނވޭރު ދަނޑުގައި މި ފެސްޓިވަލް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވި އިރު މި ފެސްޓިވަލްގައި 17 ސްކޫލަކުން 300 ކުދިން ބައިވެރިވި އެވެ. މި ފެސްޓިވަލްގެ މި އަހަރުގެ ޗެމްޕިއަންކަން ހޯދީ ދޮންދޫނި ޕްރީ ސްކޫލެވެ.
މި ފެސްޓިވަލްގެ ފައިނަލް މެޗާއި އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަވީރު އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެވީ ސްޕޯޓް ކޮމިޝަނަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ