އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ގެންނެވި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކާ އިންޒާރު ދިންކަމަށް ސުޕްރީމް ކޯޓުން ތުހުމަތު ކޮށްފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙު ކުރުމަށް މުހިއްމު މަސައްކަތްތަކެއް، ޢިލްމީ އަދި ފަންނީ ފެންވަރުގައި ކުރެވިފައި ވަނިކޮށް، އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިންމަވައި، އެ ދިރާސާ ކުރެއްވުމަށްޓަކައި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ރާއްޖެ ގެންނަވައި، ކަމާގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވާކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ..
ދެކުނު އެފްރިކާގެ ކުރީގެ ފަނޑިޔާރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކި ކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ