ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި, ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ މަތީގައި އުފެދިފައިވާ ލޯ ޕްރެޝަރ އެއްގެ ސަބަބުން ކަމަށާއި އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި، ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.
އަދި އެ ސަރަހަައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ބާރުވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުގެ މައުލޫމާތު ދެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ