ރާއްޖޭގައި ގޭންގްތަކުން ހިންގަމުންދާ މާރާމާރީތައް ހުއްޓުވުމުގެ ގޮތުން "މޮނިކޯން ނޯޓިސް" ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ސަރުކާރުން މިއަދު ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މޮނިކޯން ނޯޓިސް" ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ސަރުކާރުން މިއަދުން ނިންމާފައިވާ ކަމަށެެވެ. އަދި އެއީ ރާއްޖޭގައި ގޭންގްތަކުން ހިިންގަމުން އަންނަ ހަމަނުޖެހުންތަކާއި މާރާމާރީތައް ހުއްޓުވުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް އުމަރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޑިއޯސީ ކޮންފަރެންސް އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ ރާއްޖޭގެ އަމަންއަމާންކަން ގާއިމުކުރަން ކުރަމުންދާ މަަސައްކަތުގެ ދަށުން "މޮނިޓާ އެންޑް ކޮންޓްރޯލް ނޯޓިސް" ނުވަތަ މޮނިކޯން ނޯޓިސް ބިލެއް ޑްރާފްޓްކުރުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެދަުވަހު މިނިސްޓަރު އުމަރު ވިދާޅުވީ އެ ބިލު ފާސްވެގެން އައުމުން ފުލުހުންގެ މަސައްކަތަށް ވަރަށް ބޮޑު ފަސޭހަކަމަކާއި އަމަންއަމާންކަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ "މޮނިކޮންނޯޓިސް"ގެ ބިލަކީ ވަގުތީ ބާބެއް ކަމަށް ހަދާފައި ގޭންގް ކުށްތަކުގެ ގާނޫނާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ގާނޫނުގެ ދަށަށް އެ ބާބުލުމަށް މަސައްކަތް ކުރާ ކަމަށެވެ.
"މިދަންނަވާ ވަގުތީ ބާބަކީ ވަރަށް ހާއްސަ ބާރުތަކަކާ ރާއްޖޭގައި މިހާތަނަށް ތާރަފުކުރެވިފައި ނެތް މަހްފޫމްތައް ގެނެސްދޭ ދެ ބާރު. މި ދެބާބު ނަގައިފަ ޑިވައިޑްކޮށްފައި އުފަންކޮށްފައި މި އޮތީ އިނގިރޭސިވިލާތުގެ 'ޓީޕިމްއެކްޓް' ކިޔާ ގާނޫނަށް ބަލައިގެން. މި ގާނޫނުގެ ދަށުން ފުލުހުންނަށް ހާއްސަ ބާރުތަކެއް ލިބޭނެ. މީހާ ހައްޔަރު ނުކޮށް އަދި އެމީހާ ދޫކޮށްފަވެސް ނުބަހައްޓާ އެ ދޭތެރޭގެ މެދުގައި އޭނާ ކޮންޓްރޮލްކޮށްގެން ގެންގުޅޭނެ ބާރުތަކެއް ލިބިދޭނޭ،" އުމަރު އެދުވަހު ވިދާޅުވި އެވެ.
ރާއްޖޭގެ އަމަންއަމާންކަން ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު މިފަހަކަށް އައިސް ވަނީ ގޭންގް ކުށްތައް އިތުރުވާން ފަށައިފަ އެވެ. އެގޮތުން ތޫނު އެއްޗެތި ބޭނުންކޮށްގެން މީހުން މެރުމާއި، ވައްކަން ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ލ. މުންޑޫ މީހަކު މަރާލައިފަވާއިރު ރޭ ފަތިހު ވަނީ ވަޅި ހަރައި ބަންގްލަދޭޝް މީހަކު މަރާލާފަ އެވެ.
"މޮނިކޯން ނޯޓިސް" މަޖިލީހަށް ފޮނުވަން ސަރުކާރުން ނިންމައިފި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ