އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުން ރައީސް މައުމޫން ނުގެންގުޅުއްވާ: ޕީޕީއެމް

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމް ދޫކޮށް އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ދޭހަވާ ގޮތަށް ދައްކަމުން ގެންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެ މަނިކުފާނު އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް މައުމޫންއަކީ 2012 ޖެނުއަރީން ފެށިގެން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް، ޕީޕީއެމްގެ ރައީސްގެ ގޮތުގައި ޕާޓީގެ ކޮންގްރެސްގެ ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެހެންކަމުން ޕީޕީއެމް ދޫކުރައްވާ އެހެން އެއްވެސް ޕާޓީއަކާ ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް މަގާމަކަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާކަމުގެ ޔަގީންކަން ޕާޓީގެ ލޮބުވެތި އެންމެހާ މެމްބަރުންނަށް އަރުވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ