މިވަގުތަށް ބަލާއިރު ރައީސް ޔާމީނަށް އެންމެ ރަނގަޅުވާނީ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވީ ނާކާމިޔާބީ ގަބޫލު ކުރައްވައި ފަހަތަށް ޖެހިވަޑައިގަތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ރައްޔިތުން އެވަނީ ރައްޔިތުން ބޭނުންވާގޮތް ހާމަކޮށްފައި ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އެ ނިންމެވުމަށް އިހުތިރާމް ކުރައްވައި ފޭއަށް ޖެހިވަޑައިގަންނަވަން ކަމަށެވެ.
"ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ބަލި ގަބޫލުކުރައްވައި ފަހަތަށް ޖެހިލަން. އިތުރު ގޮތެއް މިވަގުތު އެމަނިކުފާނަށް ނެތް،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން އެނޫން ގޮތަކަށް އަމަލު ކުރައްވާ ކަމަށްވާނަމަ މިހާރުގެ ހާލަތު ދާނީ އިތުރަށް "ޚަރާބުވަމުން،" ކަމަށެވެ. އަދި މިހާރު ވެސް އެމަނިކުފާނަށް ރީތި ނަމެއް ލިވަޑައިގެންފައިވާނަމަ އެނަންވެސް އިތުރަށް ހަޑީވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"މި ނޫން ގޮތަކަށް ރައީސް ޔާމީން އަމަލު ކުރައްވާ ކަމަށްވާނަމަ މިކަންދާނީ ޚަރާބުވަމުން. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާނަމަ ލިބިވަޑައިގެންފައިވާ ރީތިނަންވެސް ހަޑިވާނީ އިތުރަށް މިކަމާ ހިފާކަމަށްވާނަމަ،" އުމަރު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚު ވަނީ އޮޅުވާލައިފައި ކަމަށް ބުނެ ޕީޕީއެމުން މިހާރު ގެންދަނީ މާލޭގައި ހުންނަ އެޕާޓީގެ އޮފީސްކައިރީގައި ސިލްސިލާ އިހުތިޖާޖެ ފަށައިފިއެވެ. އެ އިހުތިޖާޖު ކުރިއަށް ގެންދާތާ މީހާރު 4 ދުވަސް ވެއްޖެއެވެ.
ރައީސް ޔާމީނަށް އެންމެ ރަނގަޅުވާނީ ފަހަތަށް ޖެހިވަޑައިގަތުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ