ކުށްމަދު އަމާން ވެއްޓެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
ޖަނަވަރީ 30 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ފުލުހުންނާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ލިބިފައިވާ މިންވަރާއި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ އޮޅުންފިލުވުމާއި، ފުލުހުންނާ ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި ތިމަރަފުށީގައި އާންމުކޮށް ކުށްތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި، ގޯތި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، ބޭނުންކުރެވިދާނެ ވަސީލަތްތަކާއި އަދި ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ ފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި އެފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިރުޝާދު ދެވިގެންދާނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިިން ތިމަރަފުށީގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ކުށް މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ތިމަރަފުށީގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ