އެއްބަސްވުމުގައި މައުމޫން ސޮއި ނުކުރެއްވީ 25 އިންސައްތަ ނުލިބޭތީ
ސަރުކާރު ކޯލިޝަނުން ވެފައިވާ އެއްބަަސްވުމުގައި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް ސޮއި ނުކުރެއްވީ އެމްއާރުއެމްއަށް 25 އިންސައްތަ ނުލިބިގެންކަން ޗެނަލް13އަށް ކަށަވަރުވެއްޖެ އެވެ.ނަން ހާމަކުރަން ބޭނުން ނުވާ ފަރާތަކުން ޗެނަލް13އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރުވުމަށް މަޢުމޫން ޖަލުގައި ހުންނެވި އިރު، އެ އެއްބަސްވުން ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމުގައި ވާގޮތުން އެމްއާރުއެމްއަށް 20 އިންސައްތަ ދީފައިވުމުން، އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގަތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މައުމޫން ބޭނުންފުޅުވަނީ 25 އިންސައްތަކަމަށް އެއްބަސްވުން އެކުލަވާލަން ހަރަކާތްރެރިވި އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީއިން ފުރަތަމަ ހުށަހެޅީ އެ ޕާޓީއަށް 60 އިންސައްތަ ދޭންކަމަށާއި ބާކީ ޕާޓީތަކަށް 40 އިންސައްތަ ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްނުވުމުން އެމްޑީޕީއިން ގޮތް ދޫކުރި ކަމަށާއި ނަމަވެސް އެމްއާރުުއެމްގެ ލީޑަރު ގޮތް ދޫކުރައްވަން ބޭނުންފުޅުނުވާކަން އޭނާ ފާހަގަކުރެއްވި މަޢުމޫން ބޭނުންފުޅުވަނީ ކޯލިޝަން ސަރުކާރުގެ ހުރިހާ ޕާޓީއަކަށް ހަމަހަމައަށް ގޮނޑިތައް ބަހަން ކަމަށް ޗެނަލް13އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އެ ހުށަހެޅުއްވުމަށް ކޯލިޝަންގައި ހިމެނޭ ނުފޫޒު ގަދަ އެމްޑީޕީން ވަނީ ދެކޮޅު ހަދާފައެވެ. ކުރީގެ ރައީސް މަޢުމޫން، ކޯލިޝަންގެ އެއްބަސްވުމުގައި ސޮއި ނުކުރައްވާކަމަށް މީގެ ކުރިންވެސް ވަނީ އަޑު ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ