ޣައްސާން މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފި

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ޣައްސާން މައުމޫން ހުންނެވި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ފޮރ ސޯޝަލް އެފެއާޒްކަމުގެ މަގާމުގައި ހުންނެވި ޣައްސާން ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށައަޅުއްވާފައެވެ. މި ސިޓީގައި ޣައްސާން ވަނީ ރައީސް ޔާމީންގެ ދައުރުގައި ހިދުމަތް ކުރައްވަން ދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ، ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާއި މެދު ފަހުރުވެެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ޣައްސާން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާން ކައިރިވެފައިވާތީއެވެ. 
އާއިލާގެ ބޭބޭފުޅުން ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެއްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިރު، ޣައްސާން ހުންނެވީ ރައީސް ޔާމީންގެ އަރިހުގައި ކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން ޣައްސާންއަށް އާންމުންގެ ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ