ޅައިމަގު ކަރަންޓުގެ މައްސަލަ ޙައްލު ކޮށްފި

ށ. ޅައިމަގަށް ދިމާވި ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ފަހު، އެރަށަށް ކަރަންޓު ދީފިއެވެ.
ދުވަސް އެމްވީއާ ވާހަކަ ދައްކަމުން އެ ރަށު މީހަކު ބުނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާތާ 24 ގަޑިއިރަށް ވުރެ ގިނަވިފަހުން މިއަދު އިރު އޮއްސެން އުޅެނިކޮށް ކަރަންޓު ދީފައިވާ ކަމަށެވެ.
ޅައިމަގުން ވާހަކަދެއްކި މީހާ އިތުރަށް ބުނީ ކަރަންޓުދާން މެދުވެރިވި ސަބަބެއް ކަމަށް ބެލެވޭނި އިންޖީނުތަކަށް ދިމާވި މައްސަލައަކުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ އިންޖީނުތަކަށް ލޯޑު ކުޑަކުރުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް 30 މިނެޓަށް ކަރަންޓު ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.
މިކަމާއިގުޅިގެން ޅައިމަގު އިންޖީނު ގެއާއި ގުޅުމުން ރީޖަނަލް އޮފީހަށް ގުޅުމަށް ވަނީ ބުނެފައެވެ. އަދި ރީޖަނަލް އޮފީހަށް ގުޅުމުން ބުނީ މީޑިއާއަށް މަޢުލޫމާތު ދޭނީ ހަމައެކަނި މާލޭ އޮފީހުން ކަމަށާއި އެހެންވެ އެފަދަ މަޢުލޫމާތެއް މީޑިއާއަށް ޙިއްޞާ ކުރުމަށް އުޒުރުވެރިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ