ބައެއް ބެލެނިވެރިން ނިކުމެ ކެންދޫ ސްކޫލް ބަންދު ކޮށްފި

ބ.ކެންދޫ ސްކޫލުގެ ޕްރިންސިޕަލް ރަށޫން ބޭރުގައި ގިނަ ދުވަސް ތަކެއްގައި އުޅުއްވާތީ އާއި އެސްކޫލުގެ ޓީޗަރުން ހަމަނުވެ ގިނަ ދުވަސްތަކެއް ވުމުން، ބައެއް ބެލެނިވެރި ނިކުމެ މައްސަލަ ޖައްސާ އެސްކޫލް ބަންދު ކޮށްފިއެވެ.
ކެންދޫ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ ސްކޫލުގެ ގޭޓު ކުރިމައްޗަށް ބޯޑު ތަކެއް ހިފައިގެން އެއްވެ އެއްވެސް މީހަކަށް ސްކޫލުގެ އެތެރެއަށް ނުވަދެވޭ ގޮތް ހަދާފަ އެވެ. ސްކޫލަށް ނުވަދެވޭ ގޮތް ހެދުމުން މިއަދު ހެނދުނު ސްކޫލަށް ދިޔަ ޓީޗަރުންތައް ވަނީ އަނބުރާ ގެއަށް ގޮސްފަ އެވެ.
ކެންދޫ ސްކޫލަކީ ގާތްގަނޑަކަށް 290 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ. އަދި މީގެ ކުރިން ވެސް ޓީޗަރުން ހަމަނުވުމުންނާއި ޓީޗަރުން ހާޒިރުނުވެގެން ސްކޫލުގެ ކިޔެވުން ބަންދުކޮށްފައި ވެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ މައުލޫމާތު ދެމުން ކެންދޫ ސްކޫލުގެ ބެލެނިވެރިޔަކު ބުނެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ސްކޫލު ހުޅުވި ގަޑީގައި އެއްވެސް މީހަކު ވަނަ ނުދީ ހިފެއްޓީ ޓީޗަރުން ނެތުމުންނާއި އެކަމަށް ހައްލެއް ނައިސް ގިނަ ދުވަސްތަކެއް ވުމުން ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ޕްރިންސިޕަލް ރަށުން ބޭރުގައި އުޅުއްވާތީ ސްކޫލް ހިންގަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ