ޕެނަލްޓީގައި އޭދަފުށީ ޒުވާނުންގެ ކްލަބްގެ މައްޗަށް 4-5 ގެ ނަތީޖާއަކުން ކުރި ހޯދާ އެލްމޮބައިލް ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަތުރުކޮށްފިއެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
އެގޮތުން އޭދަފުށީ ޓީމްގެ އަހުމަދު ސުހެއިލް ކުރިއަށް ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ދިފާއިކުރިއިރު މާޒިޔާގެ ކުޅުންތެރިއަކު ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ އޭދަފުށީ ޓީމްގެ ކީޕަރު ވަީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފައެވެ.
މެޗުގެ 90 މިނެޓް ހަމަވިއިރުވެސް ނަތީޖާއަށް ބަދަލެއް ނައުމުން ދެން ޖެހީ ޕެނަލްޓީއެވެ.ޕެނަލްޓީގައި އޭދަފުށީގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 4-5 ގެ ނަތީޖާއަކުންނެވެ.މާޒިޔާގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިރުފާންއާއި އިސްމާއިލް އަލީފް އަހުމަދުއާއި އަބްދުލް ވާހިދް އިބްރާހިމްއާއި މިސްބާހް އިބްރާހިމްގެ އިތުރުން މުހައްމަދު ސާއިފްއެވެ.އޭދަފުށީގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ އަހުމަދު ސުހެއިލްއާއި އަހުމަދު ހުމެއިދުއާއި ހަސަން އަބްދުލް ލަތީފްގެ އިތުރުން އިބްރާހިމް ފައުޒީއެވެ.
ފައިނަލްގައި މާޒިޔާ ނިކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.
ފައިނަލް މެޗް ކުޅެނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.
ޕެނަލްޓީގައި އޭދަފުށީގެ މައްޗަށް ކުރި ހޯދާ މާޒިޔާ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ