އެކްސިޑެންޓްތަކާ ގުޅިގެން ފިޔަވަޅު ނޭޅޭތީ ޕީޖީ އާއި ފުލުހުން މަޖިލީހަށް!

ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް އިތުރުވީ ނަމަވެސް އެ އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު ނޭޅޭ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރުމަށް ހުށަހަޅައިފިއެވެ.މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކު މަރުވެ، އަދި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އެފަދަ ހާދިސާތަކުގައި ފިޔަވަޅު ނޭޅޭ ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.އެމީހުންނަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ޕީޖީއަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބެލުމަށާއި، އަދި މަޖިލީހުން ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިތޯ ބެލުމަށް ޕީޖީ އޮފީހާއި ފުލުހުންގެ އިސްވެރިން ހާޒިރުކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.ހަމައެއާއެކު މިއަދު ވެސް މެންބަރު ކުޑޫ ވަނީ އެކްސިޑެންޓުތައް އިތުރުވާ މައްސަލައިގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންނާއި، މާލެ ސިޓީ ކައުންސިލުން ކުރަނީ ކޮން ކަންތައްތަކެއްތޯ ބެލުމަށްޓަކައި ލިޔުމުން ޖަވާބު ހޯދުމަށް ގިނަ ސުވާލުތަކެއް ވެސް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި:އެކްސިޑެންޓުތައް މަދުކުރުމާއި ހައްލުކުރުމުގެ ސްޓްރެޓެޖީތައްހައްލުތައް ތަންފީޒުކުރުމުގެ ގޮންޖެހުންތައްމައްސަލަތައް ހައްލުކުރުމުގައި ނާކާމިޔާބުވެފައިވޭތޯޓްރެފިކް މެނޭޖްކުރުމާއި މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފަންނީ ހުނަރާއި ގާބިލުކަން ލިބިފައިވޭތޯމަގުމަތީގެ ރައްކާތެރިކަމުގެ ސިޔާސަތުޑޭޓާ މެނޭޖްމަންޓްތަންފީޒުކުރުމުގައި ހުރި މާލީ ހުރަސްތައްއެ ހާދިސާގައި ނިޔާވީ ސައިކަލުގައި އިން 17 އަހަރުގެ ކުއްޖެކެވެ. އޭނާއަކީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ ކުއްޖާގެ ޖަނާޒާ އިއްޔެ ވަނީ ބާއްވައިފަ އެވެ.މަގުހުރަސް ކުރަނިކޮށް ސައިކަލުން ޖެހުނު 40 އަހަރުގެ މީހާއަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، ތިން ވަނައަށް އަނިޔާވި 16 އަހަރުގެ ކުއްޖާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.ފާއިތުވި ދުވަސްތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައިވާއިރު، އިއްޔެ ފުލުހުން ވަނީ މާލެއާއި ބުރިޖު މަތީގައި މިދިޔަ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ހިނގި އެކްސިޑެންޓުތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ މާލޭ ސިޓީއާއި ސިނަމާލެ ބުރިޖާއި ހައިވޭގައި 1101 އެކްސިޑެންޓު ހިނގައިފައިވާއިރު، އޭގެ ތެރެއިން 61 އެކްސިޑެންޓުގައި މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ. އަދި ކޮންމެ މަހަކު ވެސް 150 އާއި 200އާ ދެމެދުގެ އަދަދަކަށް އެކްސިޑެންޓުތައް ހިނގައިފައިވާކަމަށް ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ