ވިނަރެސް ފްލެޓުގެ ޓަވަރަކުން ވެއްޓުނު ޒުވާނާ މަރުވެއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުގެ އަށްވަނަ ޓަވަރުން މިއަދު ހަވީރު ވެއްޓުނު ޒުވާނާ މަރުވެއްޖެއެވެ. މި ހާދިސާ ހިނގުމާއެކު ފުލުހުންވަނީ އެ ސަރަހައްދަށް ގޮސް، ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ މަރުވީ ފަރުވާ ދެމުން އަންނަނިކޮށެވެ. ފުލުހުން ބުނީ މިއީ 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ. މި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެއެވެ. އަދި އާންމުން ވެސް އެ ސަރަހައްދަށް އެއްވެފައި އޮތެވެ. ވެއްޓުނު މީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ވެއްޓުނީ ކިތައްވަނަ ފަންގިފިލާއިން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ. އުސް އިމާރާތްތަކުން މީހުން ވެއްޓުމުގެ މައްސަލަތައް މަދުމަދުން ހިނގައެވެ. މި ފަހުން އެންމެންގެ ސަމާލުކަމަށް އައި އެ ފަދަ މައްސަލައަކީ 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އުސް އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ