ކޭއާރުއެޗުގެ އަހަރީދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް މެޑަމް ސާޖިދާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި އެވެ.
ސާޖިދާގެ މިދަތުރުފުޅަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 43 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މެޑަލް ސާޖިދާ މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވީ ކޭއާރުއެޗުގެ ސީއީއޯ ނާޒިމާ އަލީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދާއި މުއައްސަސާތަކުގެ ވެރިންނެވެ.
ކޭއާރުއެޗުގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ކުޅުދުއްފުށީ ޕޯޓްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ