ނައިވާދޫގެ ބިން ހިއްކަން އެމްޓީސީސީއަށް
ހދ. ނައިވާދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ކުރައްވާ ދަތުރުފުޅުގައި ހެނދުނު ނައިވާދުއަށް ވަޑައިގެން އެ ރަށު ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހްމަދު ސައުދީއެވެ.އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ހަތް ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 619 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއ،ި 45 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި މަޝްރޫއަކީ 82.64 މިލިއަން ރުފިޔާ އަށް، 300 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ރަށު ބިން ހިއްކުމަކީ އެމަނިކުފާނު އެ ރަށަށް ވެވަޑައިގަތް އެންމެ މުހިންމު ވައުދު ކަމަށެވެ. އަދި އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.ރައީސް ވިދާޅުވީ އެ ރަށު ބަނދަރު ހެދުމުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ރަށުގެ ސިއްހީ މަރުކަޒަށް އާ އިމާރާތެއް އެޅުމާއި ލެބޯޓްރީގެ ހިދުމަތް ވެސް އިތުރުކުރަން ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.ހދ. އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ނައިވާދޫ ފަޅުގައި އޮންނަ ރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ