ހުޅުމާލޭގައި ހަންބޯ ކުންފުނިން އިމާރާތްކުރާ ލަގްޒަރީ އެޕާޓްމަންޓް ކަމަށްވާ "ކޭ ޕާކް ރެޒިޑެންސް" ވިއްކުމުގައި މަކަރާއި ހީލަތް ހެދުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އަމާޒުވި އަބްދުލް ނާފިއު މުހައްމަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރަކަށް އައްޔަނުކޮށްފި އެވެ.
އަދަދު އަށް އެންގިފައިވާ ގޮތުގައި ނާފިއު އައްޔަނުކުރީ އެޗްޑީސީގެ ބިޒަނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ ޑިރެކްޓަރަކަށެވެ.
އެޗްޑީސީގެ ޑިރެކްޓަރަކަށް ނާފިއު އައްޔަންކުރިކަން މުވައްޒަފުންނަށް ވަނީ އަންގާފަ އެވެ.
އެޗްޑީސީގައި ވަޒީފާ އަދާކުރަމުންދާ ނާފިއުގެ މައްޗަށް އަމާޒުވި ތުހުމަތުތަކާއެކު މެއި، 2023 ގައި އޭނާ 14 ދުވަހަށް ސަސްޕެންޑުކުރި އެވެ. އޭގެ ފަހުން ވެސް އޭނާ އައީ އެ ކުންފުނީގައި ވަޒީފާ އަދާކުރަމުންނެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ފުލުހުން އޭރު ތަހުގީގު ކޮށްފައިވެ އެވެ.
ކޭ ޕާކުގެ ފްލެޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހެދުމުގައި އެންމެ ބޮޑަށް ތުހުމަތު އަމާޒުވީ އިބްރާހިމް މަމްދޫހް (މަންޑޭ) އަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލި ޝަރީއަތްތައް ވެސް ވަނީ ފަށާފަ އެވެ. ނާފިއުއަށް ތުހުމަތު ކުރެވެނީ އެކަމުގައި ވާގިވެރިވި ކަމަށެވެ.
ކޭ ޕާކް މައްސަލައިގައި ތުހުމަތު އަމާޒުވި ނާފިއު އެޗްޑީސީގެ ޑިރެކްޓަރަކަށް އައްޔަނުކޮށްފި ކޭ ޕާކް މައްސަލައިގައި ތުހުމަތު އަމާޒުވި ނާފިއު އެޗްޑީސީގެ ޑިރެކްޓަރަކަށް އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ