ގެދޮރުވެރިޔާ ފްލެޓުތަކާ ގުޅިގެން ޔޫނިއަނުން ފާހަގަކުރާ ކަންކަން އެޗްއާރުސީއެމްއިން ގަބޫލުކުރޭ: ސައިފު ގެދޮރުވެރިޔާ ފްލެޓުތަކާ ގުޅިގެން ޔޫނިއަނުން ފާހަގަކުރާ ކަންކަން އެޗްއާރުސީއެމްއިން ގަބޫލުކުރޭ: ސައިފު

ގެދޮރުވެރިޔާ ފްލެޓުތައް މައްސަލައިގައި، ފަހި ޔޫނިއަނުން ފާހަގަކުރާ މައްސަލަތަކުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އެއްބަސްވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު، މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.
ފަހި ޔޫނިއަނުގެ މަންދޫބުންނާ އެކީ ސައިފު ވަނީ އެޗްއާރުސީއެމްގެ މެންބަރުންނާ ބައްދަލުކޮށް، އެ ޔޫނިއަނުގެ ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނުން މެންބަރުންނާ ހިއްސާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ސައިފު ވިދާޅުވީ، ޔޫނިއަ ނުން ފާހަގަކުރާ ގިނަ ކަންކަމުގައި ފްލެޓު ލިބުނު މީހުން ފާހަގަކުރާ ކަންކަމަކީ މައްސަލަތަކެއް ކަަމަށް އެޗްއާރުސީއެމްގެ މެންބަރުން ވެސް އެއްބަސްވާ ކަމަށެވެ.
ޔޫނިއާނާއި އެޗުއާރުސީއެމްއަށް އެއްބަސްވެވުނު ކަންކަމުގެ ތެރޭގައި ސައިފު ވިދާޅުވި ގޮތުން ނަމަ، ޕޮއިންޓު ލިބުނު ގޮތުގެ ތަފުސީލުތައް ހިމެނޭ ލިސްޓެއް ގެޒެޓުނުކުރާ މައްސަލަ ހިމެނެ އެވެ.
މި ޕޮއިންޓުތަކާއި ފްލެޓު ނުލިބުނު ނަމަ ނުލިބުނު ސަބަބު ހިމެނޭ ލިސްޓެއް އާންމުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއް ވެސް މެ އެވެ. ނަމަވެސް އެންމެ ފަހުން ފްލެޓުތައް ދޭން ނިންމީ އެތައް ދުވަހެއް ވަންދެއް ގޯސް ކަމަށް ބުނެ، އެ ލިސްޓެއްގެ މައްސަލަ ތަހުގީގުކޮށް، އޭގައި އެތައް މައްސަލަތަކެއް ހުރި ކަމަށް ބުނި ކުރީ ސަރުކާރުގެ ލިސްޓަށެވެ.
އޭގެ އިތުރުން ލިސްޓަށް މައުލޫމާތު ދިން އަހަރު ކަމުގައިވާ 2022 ގެ ފަހުން ދިރިއުޅުމުގެ ހާލަތަށް އައި ބަދަލަށް ރިއާޔަތްނުކުރުމަކީ ވެސް މައްސަލައެއް ކަަމަށް އެޗުއާރުސީއެމްގެ މެންބަރުން އެއްބަސްވި ކަމަށް ސައިފު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އެޗްއާރުސީއެމްއިން ވަނީ ހައުސިން މިނިސްޓަރު އަބްދުالله މޮއްތޮލިބާއި މިނިސްޓްރީއާ ފްލެޓުވެރިންގެ ބައްދަލުވުމެއް ހަމަޖައްސާނެ ކަމަށް ވެސް ބުނެފަ އެވެެ.
ގެދޮރުވެރިޔާ ފްލެޓުތައް މައްސަލައިގައި އެތައް ޝަކުވާތަކެއް ހުރި ނަމަވެސް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ. މިހާތަނަށް 1000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެ ކުންފުންޏާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރަމުން އަންނައިރު، ސިވިލް ކޯޓުގައި ވެސް މި ފްލެޓުތަކާ ގުޅޭ މައްސަލަތައް ހިނގަމުން އެބަދެ އެވެ. މި މައްސަލަތަކުގައި ފްލެޓުތައް ހަވާލުކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދޭން ވެސް އަންނަނީ އެދެމުންނެވެ. ނަމަވެސް މިހާތަަަނަށް ކޯޓުން އެ ފަދަ އަމުރެއް ނުނުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ