ހުޅުމާލެއިން ބިން ދޫކުރި ގޮތާ މެދު ކުރާ ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން އެޗްޑީސީގެ އިސް މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކުރީ އެތަނުގެ ބިޒްނަސް ޑިވެލޮޕްމެންޓް އަދި ސޭލްސްގެ އިސް އަންހެން މުވައްޒަފެކެވެ.
އެ މުވައްޒަފުގެ މައްޗަށް ތުހުމަތުކުރަނީ، ނުފޫޒުގެ ބޭނުންކޮށްގެން، އުސޫލުން ބޭރުން ހުޅުމާލެއިންނާއި ތިލަފުށިން ބިން ދޫކުރި މައްސަލަތަކެކެވެ. އެއަށް ފަހު އޭގެ ހެކި ފޮރުވަން މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތުކުރެ އެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބަލަމުން އަންނަ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެޗްޑީސީން ރަސްމީކޮށް ވަކި އެއްޗެކޭ އަދި ނުބުނެ އެވެ.
އެނގުން މުހިއްމު- ހުޅުމާލެއިން ބިމެއް ވިއްކާނެ ކަމަށް ބުނެ، މީހެއްގެ އަތުން ފަސް ލައްކަ ރުފިޔާ ނެގި މައްސަލައެއްގައި، އެޗްޑީސީގެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
އޭގެ ކުރިން، އެޗްޑީސީން ހިންގި ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެ، އެތަނުގެ ގިނަ މުވައްޒަފުންތަކެއް ވެސް ސަސްޕެންޑް ކުރި އެވެ.
އޮޅުވާލައިގެން ބިންތަކެއް ދޫކުރިކަމުގެ ތުހުމަތުގައި އެޗުޑީސީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ