މަރުވެފައި އޮށްވައި ފެނުނު މީހާގެ ހަށިގަނޑު އޮތީ ކުނިވެފައި، ބެލެވެނީ ގެއްލިގެން ހޯދި ބިދޭސީއެއް ކަމަށް

ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދުން މަރުވެފައި އޮށްވައި ފެނުނު މީހާގެ ހަށިގަނޑު އޮތީ ކުނިވެފައިކަން އެނގިއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ވޯޓާ ތީމް ޕާކެއް ހަދަން ދޫކުރި ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައި އޮތް ކަމަށް ބެލެވެނީ ނޭޕާލަށް ނިސްބަތްވާ 29 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިފައިވާތީ، އޭނާ ހޯދަން ހުކުރު ދުވަހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެނގިފައިވެއެވެ. އެ މީހާގެ ހަށިގަނޑު ކުނިވެފައި އޮތުމުން، އެއީ ކާކުކަން ކަށަވަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ. ވޯޓާ ތީމް ޕާކް ހެދުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަކާ 2017 ވަނަ އަހަރު ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ނުނިމި، މިހާރު އެ ސަރަހައްދު އޮންނަނީ ބޭނުންނުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ