ރާއްޖޭގެ 28 ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ މިހާރު ހަވާލުކޮށްފައިވާ މަަރުކަޒުތައް އަޅަން ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އެއިރުން އެވްރެޖުކޮށް ޕޮލިސް ސްޓޭޝަނަކަށް ޖެހެނީ 3.2 މިލިއަން ރުފިޔާ އެވެ.
"މިހައިތަނަށް 28 ޕްރޮޖެކްޓެއްގެ މަސައްކަތް ފެށިއްޖެ، ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ ހަރަދުވާނެ،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މަރުކަޒުތައް އިމާރާތް ކުރަނީ އެކިއެކި އާބާދީތަކާއި ފުލުހުންގެ ހިދުމަތް ބޭނުންވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސްޓޭންޑާޑް ޑިޒައިންތަކަކަށް ކަމަށެވެ.
އެގޮތުން ބައެއް ރަށްރަށުގައި އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުތަކުގައި މީހުން ހައްޔަރު ކޮށްފައި ބައިތިއްބާނެ ގޮޅިތަކާއި ފުލުހުންގެ ވެހިކަލް ޕާކު ކުރާނެ ގަރާޖުތައް ވެސް ހިމެނިފައި ހުންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ޖުމުލަ ހަތަރު ޑިޒައިންއެއް ބޭނުން ކުރަނީ، އެއީ އެކިއެކި އާބާދީތަކާއި ފުލުހުންގެ ހިދުމަތް ބޭނުންވާނެ މިންވަރަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ޑިޒައިންތަކެއް، އޭގެތެރޭގައި މީހުން ހައްޔަރު ކޮށްފައި ބައިތިއްބާނެ ގޮޅިތަކާއި ގަރާޖުތައް ހިމެނޭ ޑިޒައިންތައް ހިމެނޭ،" އިހުސާން ވިދާޅުވި އެވެ.
ރާއްޖޭގެ 75 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅަން ފެނަކަ ކޯޕަރޭޝަން، އާރްޑީސީ އަދި އެމްޓީސީސީއާ މިދިޔަ މާޗު މަހު ވަނީ ހަވާލުކޮށްފަ އެވެ. ފެނަކައާ ހަވާލު ކުރީ 40 މަރުކަޒު އަޅަންށެވެ. އާރްޑީސީއާ 20 އަދި އެމްޓީސީސީއާ 15 ފުލުހުންގެ މަރުކަޒު އެޅުމަށް ހަވާލު ކޮށްފައިވެ އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ތެރޭގައި ފުލުހުންގެ މަރުކަޒުތައް އަޅައި ނިންމުމަށެވެ.
މިހައިތަނަށް 28 ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ފަށައިފި، ހަރަދު ވަނީ 92 މިލިއަން ރުފިޔާ މިހައިތަނަށް 28 ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ފަށައިފި، ހަރަދު ވަނީ 92 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ