ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްޑީޕީންވެސް ކެންޑިޑޭޓެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.
އެޕާޓީން ވަނީ އެދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ހުޅުވާލާފައެވެ.
އެމްއެންޕީން ބައި އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުގެ ނިޔަލަށެވެ. ޕްރައިމަރީއަކުން ކެންޑިޑޭޓަކު ހޮވަން ޖެހިއްޖެނަމަ، ޕްރައިމަރީ ބާއްވާނީ ހުކުރު ދުވަހުކަމަށްވެސް ޕާޓީން ބުނެފައިވެއެވެ.
އީސީން ވަނީ އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންނަށް އެފުރުސަތު ހުޅުވާލާފައެވެ. އެހެންނަމަވެސް ފޯމު ހުށަހަޅަންޖެހޭ ފަހު ތާރީހެއް އީސީން ހާމަކޮށްފައެއް ނުވެއެވެ.
ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 15ގައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްއެންޕީގެ ޝައުގުވެރިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ