ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ޕްރައިމަރީއަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެން އެ ގޮނޑި ހުސްވެ އޮންނަ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން 4 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ފާއިތުވި 3 ދައުރުގައި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި ރިޒާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ފާއިތުވި މަހުގެ ފަހުކޮޅުގައި އަވަހާރަވީ މެލޭޝިޔާގައެވެ. އެއާއެކު ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވުމުން އެ ދާއިރާއަށް މަޖިލިސް މެންބަރެއް އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިއެވެ.
ފާއިތުވި ހޯމަދުވަހު އެ ބައި-އިލެކްޝަނުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވައިލިއެވެ.
މިއަދު ހަވީރު 4:00 އަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު އެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހަޅުއްވާފައިވަނީ 4 ބޭފުޅުންނެވެ. އެއީ:
އިދިކޮޅު ޕީޕީއެމަށް ތާއީދު ބޮޑު ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވަން މިހާތަނަށް އެ ޕާޓީން އިއުލާނުކޮށްފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ