މި ސަރުކާރުން ރޭޕް ކޭސްތަކަށް ހެދި ގޮތް ރައްޔިތުން ހަނދާން އެބަހުރި: ހުސެއިން

އަންހެނުންގެ ހައްޤުތަކުގެ ވާހަކަ އެމްޑީޕީން ދައްކަނީ ނަމެއްގައި ކަމަށާއި، އެމްޑީީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުގައި ހިނގައިދިޔަ ރޭޕް ކޭސްތައް ހިންދާލި ގޮތް އަދި ރައްޔިތުން ހަނދާން ނުނެތޭކަމަށް މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ. 
މެމްބަރު ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 23 ވަނަ މާއްދާގެ (ބ) އަށް ބަދަލު ގެނައުމަށް ހުށައެޅި ޤަރާރަށް ބަހުސްކުރައްވަމުންނެވެ. 
އެ ޤަރާރަށް ބަހުސްކުރައްވަން ފައްޓަވަމުން މެމްބަރު ހުސެއިން ވިދާޅުވީ ޤަރާރެއް ހުށައެޅުއްވުމުގެ ބަދަލުގައި އިސްލާހު ހުށައެޅުއްވި ނަމަ، ޤަވައިދު އިސްލާހުކުރުމަށް ހެޔޮ ނިޔަތެއް އޮތްކަމަށް ޤަބޫލުކުރަން ތަންކޮޅެއް ފަސޭހަވީސް ކަމަށެވެ.
Advertisement
އެމްޑީޕީން މިހާތަނަށް ހައްގުތަކުގެ ވާހަކަ ދައްކާފައި އޮތީ ކްރެޑިޓް ނެގުމަށް ކަމަށާއި، އަންހެނުންގެ ހައްގުތަކަށް އެންމެ ބޮޑަށް އަރައިގެންފައި އޮތީ އެމްޑީޕީގެ މި ސަރުކާރުންކަމަށް މެމްބަރު ހުސެއިން ވިދާޅުވި އެވެ. 
މި ސަރުކާރު އައިފަހުން ބޮޑެތި ރޭޕް ކޭސްތަކެއް ފެންމަތިވެގެން ގޮސްފައިވާއިރު، އެ މައްސަލަތައް ހިންދާލާ އޮއްބާލީ ރައްޔިތުންގެ ލޯ ކުރިމަތީގައި ކަަމަށާއި، އެކަންކަން ރައްޔިތުން ހަނދާން ނުނެތޭކަމަށް އޭނާ ވިދާޅުވި އެވެ. 
"އަންހެނުންނަށް ފުރައްސާރަ ކުރީ ގަސްތުގައި ދެއްތޯ! އެމްޑީޕީން އެކަން ކުރީ. އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮވެގެން އެކަން ކުރީ. ކަނޑައެޅިގެން އެމްޑީޕީގެ ވެރިކަމުގައި ރޭޕް ކޭސްތަކަށް ވަމުން އަންނަގޮތް ދިވެހި ރައްޔިތުންނަށް ސާފުވެގެން ދާނެ. ޖިންސީ ގޯނާ ކުރުމުގެ ކަންތައްތައް ވެގެންދާ ގޮތް ދިވެހިރައްޔިތުންނަށް ސާފުވެގެންދާނެ"
މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) 
މި ސަރުކާރު އައިފަހުން ހިނގައިދިޔަ އެންމެ ބޮޑު ރޭޕް ކޭސްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކުރި މައްސަލައެވެ.
ރޯޔަލް ރޭޕުގެ ގޮތުގައި މަޝްހޫރުވި އެ މައްސަލައިގައި ތުހުމަތު ކުރެވެނީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އާއިލީ ބޭފުޅަކަށެވެ. މިހާތަނަށް އެ މައްސަލަ ބަލާ އެކަމުގައި ޝާމިލުވާ ފަރާތަކަށް އަދަބު ދީފައެއް ނުވެއެވެ. 
އޭގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުގެ ތެރޭގައި އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރާކަމަށް މައްސަލަތަކެއް ރިޕޯޓު ކުރެވިގެން ދިޔައެވެ. 
އޭގެތެރޭގައި މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތުހުމަތުކުރެވޭ ބޮޑު މައްސަލައެއް ފެންމަތިވެގެން ދިޔައެވެ. އަދި މޯލްޑިވސް ގޭސްގެ ކުރީގެ ދީއެމްޑީ އިކްރާމަށް ތުހުމަތު ކުރެވުނު މައްސަލަތަކެއް ފެންމަތިވެގެން ދިޔައެވެ. 
އެހެން ނަމަވެސް އެއިން އެއްވެސް މައްސަލައެއް ބަލާ ފިޔަވަޅު އަޅާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ