ހުޅުމާލެއަށް "މަގު ހުރަސް ބައްތި" ތައާރަފު ކޮށްފި

މަގު ހުރަސް ބައްތި ތައާރަފުވުމާއެކު ހުޅުމާލޭގެ އަށް ސަރަހައްދެއްގައި ޓްރެފިކް ލައިޓް ހަރު ކުރާނެ އެވެ.
ހުޅުމާލޭގައި ބެހެއްޓި މަގު ހުރަސް ކުރާ ޓްރެފިކް ލައިޓް / މަގު ހުރަސް ބައްތި ތައާރަފުކޮށް، އިފްތިތާހު ކުރުމާއެކު ބޭނުން ކުރަން ފަށައިފި އެވެ. -- މިއީ އަލަށް މަގު ހުރަސް ބައްތި ރާއްޖެއަށް ތައާރަފު ކޮށް ބޭނުން ކުރުމުގެ ފެށުމެވެ.
މިއަދު އާބަންކޯގެ މައި އޮފީސް ކުރިމަތީން ރަސްމިއްޔާތެއް ބާއްވައިގެން އެ ޓްރެފިކް ލައިޓް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަލަށް ބޭނުން ކުރަން ފެށި މަގު ހުރަސް ދެ ޓްރެފިކް ލައިޓް ހުންނަނީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގަ އާއި ހުޅުމާލޭ ހިޔާ އަވަށް / ފޭސް ދޭއްގެ މައި ބަސް ސްޓޮޕް ކައިރީގަ އެވެ.އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް ވިދާޅުވީ 2018 ވަނަ އަހަރު މާލެ އާއި ހުޅުމާލެ ސިނަމާލެ ބްރިޖާއި ހައިވޭއަކުން ގުޅާލި ފަހުން ފަސް އަހަރު ތެރޭގައި ހުޅުމާލޭގެ އާބާދީ އިތުރުވެ މަގުތަކަށް ތޮއްޖެހުމަށާއި ޓްރެފިކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. 
އަދި ފުލުހުންގެ ހިސާބުތައް ދައްކާ ގޮތުން މިދިއަ ފަސް އަހަރު ތެރޭގައި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތައް ވެސް އިތުރުވެފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޒަމާނީ ޓްރެފިކް ލައިޓްތައް ބެހެއްޓީ އެކްސިޑެންޓުތައް އާންމުވަމުން ދިއުން ހުއްޓުވައި ހައްލު ހޯދައިދޭން ވެގެން ކަމަށެވެ. އަދި އާބާންކޯއިން މަސައްކަތް ކުރަނީ ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރި މަގުތަކެއްގެ ގޮތުގައި ބާއްވާން ކަމަށެވެ."މަގު ހުރަސް ކުރާ ޓްރެފިކް ލައިޓްގެ ސަބަބުން މަގުތަކަށް އިތުރު ރައްކާތެރިކަމެއް ލިބިގެން ދާނެ... މީ އަލަށް ރާއްޖެއަށް މަގު ހުރަސް ކުރާ ބައްތި ތައާރަފު ކުރުމެއް' ގައިސް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ފެށުނީ ކުޑަކުޑަ ކަމަކަށްވި ނަމަވެސް އެއީ މަގުމަތީގެ ރައްކާތެރިކަމަށް އިތުރު ރައްކާތެރި ކަމެއް ލިބިގެން ދާނެ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.
މަގު ހުރަސް ބައްތި ތައާރަފުވުމާއެކު ހުޅުމާލޭގެ އަށް ސަރަހައްދެއްގައި ޓްރެފިކް ލައިޓް ހަރު ކުރާނެ އެވެ. ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ ވެރިރަށް މާލެއަށް ސްމާޓް މަގުބައްތި ތައާރަފުކޮށްފައެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ