ފެމިލީ ކޯޓުގެ ގާޒީ ކަމަށް 25 ބޭފުޅުން ކުރިމަތިލައްވައިފި

ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރުމުން ކުރިމަތިލެއްވި 25 ބޭފުޅުންގެ މައުލޫމާތު ހާމަކޮށްފި އެވެ.
ފެމިލީ ކޯޓަށް ގާޒީއަކު ހޯދަން އިއުލާނު ކުރީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
ފެމިލީ ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން
މުހައްމަދު އިހުސާން / ނޫރުވާދީ، ކ. ތުލުސްދޫއާމިނަތު ޒިދުނާ / މ. ހިތަށްފިނިވާގެ، މާލެއަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫއަހުމަދު ރިފްޝާން / ކަޝްމީރުގެ، ސ. ފޭދޫސިޔާމާ މުހައްމަދު / ދަފްތަރު ނަންބަރު ރސ. 13194 މާލެފާތިމަތު ސާޖިދާ / މާލެގަން، މާވިނަ، ޏ. ފުވައްމުލައްފާތިމަތު ނަބާހާ / ޝާދީވިލާ، ގދ. ފިޔޯރީއާއިޝަތު ނިހާ / މޫންޕްލާޒާ، ހދ. ވައިކަރަދޫނަފީލު މުހައްމަދު / ލަކީހޯމް، ގއ. ދާންދޫއަބްދުލްމުހުސިން އަބްދުލްހަކީމް / އާކުރި، ގއ. ނިލަންދޫމުހައްމަދު މުނައްވަރު އަލީ / ވެސްޓްބީޗް، އއ. މަތިވެރިއާމިނަތު އީމާން އަބްދުލްޣަފޫރު / މއ. ރޯޒް 1، މާލެއަބްދުއްސަލާމް / މިސްކިތްދޮށުގެ، ގއ. ގެމަނަފުށިމަރްޔަމް އަފްޝާ / ރޯޒީ، ކ. ތުލުސްދޫއަހުމަދު ހަސަންމަނިކު / ސަންސައިން، ނ. ޅޮހީފާތިމަތު ނިޒްނާ / ކަށިކެޔޮމާގެ، ގދ. ގައްދޫއާއިޝަތު މާޝިޠާ / ވަލުތެރޭގެ، ތ. ވިލުފުށިމުހައްމަދު މޫސާ / ސިނަމާގެ، ޅ. ނައިފަރުމަރްޔަމް ރައުޙާ / ސްކައިވިލާ، ށ. މާއުނގޫދޫއަހުމަދު ޝިފާއު / ލަކީސްޓާ، ހއ. މާރަންދޫއުސާމާ މޫސާ / ޗަމަން، ށ. ކޮމަންޑޫއަލީ ޝަރީފު އަބްދުއްސަމަދު / ސަމާޕެލަސް، ތ. ކަނޑޫދޫފާތިމަތު ނަސޫޙާ / ނޫރާނީވިލާ، ރ. އަލިފުށިރަޒާނާ އިބްރާހީމް / ޒިންދަގީ، ގދ. ތިނަދޫއާއިޝަތު ސުމައިނާ / ލިލަކު، މ. ކުނަހަންދޫ
ފެމިލީ ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ