ބައި އިލެކްޝަނުން ހާމަވީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބިކަން: ރައީސް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީން ހާމަވި ކަމަކީ މި ސަރުކާރާއެކު އެ ދާއިރާގެ ރައްޔިތުން ތިއްބިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ވަނީ ބައި އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް އަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މި އިންތިހާބުން ހާމަވެގެން މި ދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން. ފުރަތަމަ ފަހަރަށް މި ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.
ވާދަވެރި މި ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރެއްވީ އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.
Guraidhoo Dhaairaa ge by election MDP ge canidate kaamiyaabu kuravvaifi
The most trusted news source in the Maldives
Mihaaru
މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރު ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާ އެވެ. ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާގައިވާ ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ވަނީ 1،346 ވޯޓު ހޯއްދަވައިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަރީފަށް ހޯއްދެވުނީ 122 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ