ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމާއި ގުޅިގެން އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މާލޭގައި ބަނގުރަލާ ވިއްކަން އުޅުނު ބަންގާޅު ދެ މީހަކާ އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން ބުނީ އެ ތިން މީހުން ހަައްޔަރު ކުރީ ދެ އޮޮޕަރޭޝަނެއް ގައި ކަމަށެވެ. ފުރަތަމަ އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ކެފޭއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ. އަދި އެ ކެފޭ ބަލައިފާސްކުރިއިރު ހަތް ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވެއެވެ.އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ. ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، 34 ފުޅި ބަނގުރަލާއެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމާއި ގުޅިގެން އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.އަދި މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވަނީ ބުނެފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މާލޭގައި ބަނގުރަލާ ވިއްކާ ބަންގާޅު ދެ މީހަކާ އިންޑިއާ މީހަކު، ކޯޓުން ބަންދެއް ނުކޮށްދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ