އިތުރު 6 ސްކޫލް ހުޅުމާލެއަށް ބޭނުންވޭ: ވަޒީރު

އިތުރު 6 ސްކޫލް ހުޅުމާލެއަށް ބޭނުންވާކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ތަރައްޤީކުރަމުން އަންނަ ސްކޫލްގެ އިތުރުން މަދުވެގެން 4 ސްކޫލް އަދި ބޭނުންވާކަމަށާއި އަދި ދެވަނަ ފިޔަވައްސެކޭ އެގޮތަށް ފުރަތަމަ ވިޔަވަހީގައިވެސް އިތުރު 2 ސްކޫލްތައް އިމާރާތް ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަށް އިތުރުވަމުން އަންނަ އާބާދީއާއެކު ޞަލާހުއްދީން ސްކޫލަށްވެސް ވަނީ ބާރު ބޮޑުވެފައެވެ. 1700 ކުދިންގެ ޖާގައިގެ ސުކޫލްއެއްގައި މިވަގުތުވެސް އެ ޢަދަދަށްވުރެ އިތުރަށް ކުދިން އަންނަނީ ކިޔަވަމުންނެވެ.
ގްރޭޑް 1 އިން 10 ތަޢުލީމު ފޯރުކޮށްދެމުން އަންނަ ޞަލާހުއްދީން ސްކޫލަށް މިހާރުވެސް 800 އަށް ވުރެ ގިނަ ކުދިން ވެއްދުމަށް ރިކުއެސްޓް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ