ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހައި ކޯޓުގެ ފަނޑިޔާރުން ނިންމަވައިފި އެވެ.
ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޓުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށް ކުރަމުންދާ ޚާއްސަ މަސައްކަތްތައް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.
އެންމެ ފުރަތަމަ ފިޔަވަހީގައި ޚާއްސަ އިސްކަމެއް ދީގެން 2017 ،2018 ،2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމުމަށް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑީގެ ފަހުން، 15:14 ގައި އެ މައްސަލަތަކަށް ޚާއްސަ ސްލޮޓެއް ކަނޑައަޅާފައިވާ ކަމަށް ހައިކޯޓުން ބުންޏެވެ.
ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުވާނީ، ޝަރީއަތްތައް އަވަސްވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންނަށް އިންސާފު ލިބޭއިރު، އެއީ އަވަހަށް ލިބެނެޖެހޭ އިންސާފެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މައްސަލަތައް އަވަސްކުރަން ހައި ކޯޓުން އިތުރު ގަޑީގައި ޝަރީއަތްތައް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ