ރައީސް ޔާމީން ކުރީގެ ދެ ރައީސުންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން، ކުރީގެ ރައީސް އަދި ‏‏ޕީޕީއެމްގެ މިހާރުގެ ރައީސް ‏ މައުމޫން ޢަބްދުލްގައްޔޫމާއި އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ބައްދަލުކުރައްވާ ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
‏މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ‏‏‏މި ބައްދަލުކުރެއްވުންތަކުގައި ރައީސް ‏ޢަބްދުﷲ ޔާމީން ވަނީ ސަރުކާރުން ކުރިއަށްގެންދަވާ ‏‏ގައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު ‏‏އޮތްގޮތާ ބެހޭގޮތުން މަޝްވަރާކުރެއްވާފަ އެވެ. ‏
‏މިބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ‏ ދެއްކެވި ވާހަކަފުގައި، ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށާއި، ސަރުކާރުން ‏‏ރައްޔިތުންނަށް ފޯރުކޮށްދެއްވަން ‏‏ބޭނުންވާ ޚިދްމަތްތަކެއް ފޯރުކޮށްދެއްވުމުގައި ޕާޓީގެ ފަރާތުން ‏‏ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް މިސަރުކާރަށް އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަށް ދެއްވި އެވެ. 
ރައީސް ވަހީދާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ‏ވަހީ ދު ވަނީ މިސަރުކާރުން ގައުމުގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ‏‏މައްޗައް އަލިއަޅުއްވައިލައްވައި، އެކަމަށްޓަކައި ރައީސް ޔާމީނަށް ތައުރީފު ކުރައްވާފައެވެ. އަދި ‏ސަރުކާރުން އެދިވަޑައިގަންނެވި ކޮންމެ ‏‏ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.‏
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ