އައްޑޫ ތަރައްގީ ނުވާ ކަމަށް ބުނުމުން މައުމޫން ހިތުގައި ޖެހިއްޖެ

އައްޑޫން އިނގިރޭސިން ފޭބި ދުވަހުން ފެށިގެން އެ އަތޮޅުގެ ތަރައްގީ ހުއްޓިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމާ ހިތްހަމަޖެހިވަޑައިނުގެން ނުސީދާކޮށް ރައީސަށް ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މިދިޔަ އާދިއްތަ ދުވަހު ގަމުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ އައްޑޫން އިނގިރޭސިން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
އައްޑޫން އިނގިރޭސިން ފޭބުމާ އެކު، އައްޑޫގައި އޭރު ހުރި އެންމެ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް އައްޑޫން ބާލައި ތަކެއްޗަށް ގެއްލުންދީ ހެދި
އޭރުން ފެށިގެން ތެދުނިޔަތަކާ އެކު އައްޑޫ ބިނާކުރި ނަމަ، އައްޑޫގެ ތަރައްގީއަށް މިއަދު ކުރާ މަސައްކަތްތައް ސަރުކާރުން ކުރަން ނުޖެހުނީސް
ތަފްސީލް - މިކަމަށް ނުސީދާ ރައްދެއް ދެއްވައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ޒައީމް މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް ފަރާތަކަށް ހުޝާމަދު ކުރުމުގެ ގޮތުން އެހެން ސަރުކާރުތަކުން ގެނެސްދީފައިވާ ކުރިއެރުންތަކަށް ފަސްއަޅައި ފޮރުވުމަކީ "ކޮންމެ މީހަކު ކުރި ނަމަވެސް ކޮށްގެން ވާނެ ކަމެއް ނޫން" ކަމަށެވެ.
އެނގުން މުހިންމު - އިނގިރޭސިން އައްޑޫން ފޭބީ 29 މާޗު 1976ގަ އެވެ. އޭރު އައްޑު އަކީ ރާއްޖޭގެ އެންމެ ތަަރައްގީ ވެފައިވާ އެއް ސަރަހައްދެވެ.
ގަން އިންޓަނޭޝަނަލް އެއަޕޯޓަކީ ވެސް އިނގިރޭސިން އެޅި ތަނެކެވެ.
ފަސްމަންޒަރު - ރައީސް ސޯލިހް އައްޑުއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ އަތޮޅުގައި ބޮޑު ދެ މަޝްރޫއެއް ފައްޓަވައިދެއްވާފަ އެވެ. އެއީ:
ބިން ހިއްކުމުގެ މަޝްރޫއު
ގަން އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ