ތިލަފުށި މިނިވަންކުރާން ލަސްނުކޮށް ރައްޔިތުން ނުކުންނަން ޖެހޭ: އިބްރާހީމް ރަޝީދު

ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުން ހުއްޓުވައި އެ ރަށް މިނިވަންކުރަން ލަސްނުކޮށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ. 
ތިލަފުށިން 90 ޕަސެންޓް ބިން ވިއްކާނީ ދިވެހިން ކަމަށް އެޗްޑީސީން ހާމަކުރުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކުރައްވައި ބޮންޑެ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ތިލަފުށީގެ 100 ޕަސެންޓު ބިން ހާއްސަކުރަން ޖެހޭނީ ދިވެހިންނަށް ކަމަށް ވިދާޅުވެފައެވެ. 
"ބިންކާ ކޯޕަރޭޝަން އުވާލަން ތިލަފުށިންވިއްކާ ބިންތައް އަނބުރާ އަތުލާން، ތިލަފުށި މިނިވަންކުރާން ލަސްނުކޮށް ރައްޔިތުން ނުކުންނަން ޖެހޭ!" ބޮންޑެ ވިދާޅުވިއެވެ. 
Advertisement
ބޭރުގެ ފަރާތްތަކާއި ކުންފުނިތަކަށް ވެސް ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައި އޮތްއިރު، ބިމަށް ކަނޑައެޅީ މާ ދަށް އަގެއް ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރުމާއި ގުޅިގެން އިއްޔެ އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ، ބޭރުގެ ކުންފުނިތަކަށް އެދެވޭނީ ތިލަފުށިން ދޫކުރާ ބިންތަކުގެ ތެރެއިން މަދު ބިންތަކަކަށް ކަމަށް ބުނެފައެވެ."ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ %90 ބިން ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށް، ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ވަނީ ކަނޑައެޅިފައިކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
އަދި ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަން ފާހަގަކޮށް އެޗުޑީސީއިން ބުނީ ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ."މިގޮތުން، ދިވެހި ވިޔަފާރިތަކަށް ހާއްސަ ކޮށްފައިވާ ވިޔަފާރިތައް، މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް މި ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ،" އެޗުޑީސީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ