ރައީސް ޞާލިޙްގެ ފަހަތަށް ގާސިމް އަރާނެ އެއްގޮތެއް ވެސް ނެތް: ރައީސް ނަޝީދު

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރައްވާނެ އެއްގޮތެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ “އިބޫ ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް” ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި ރައީސް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ރައީސް ނަޝީދާއެކު ޤާސިމް އިއްތިހާދެއް ހެދުމުން ކުރަން ޖެހުނު ހިތި ތަޖުރިބާ ޤާސިމް ހަދާން ހުންނާނެ ކަމަށެވެ.
ޝަރީފުގެ ވާހަކައަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޝަރީފުމެންނަށް އެނގެނީ އަދި ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.
“"ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލައި ވާވެއްދީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު،" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ