މަމްސް އެންޖީއޯއިން ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް2022" ޕްރޮގްރާމްއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މަމްސް އެންޖީއޯ އިން ކުރިއަށް ގެންދާ މި ޕްރިގްރާމްގެ ދަށުން، އެހީ ބޭނުންވެފައިތިބި ގިނަ އާއިލާތަކުގެ ކުދިންނަށް މި ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެމުން ދާކަމަށް ދިރާގުން ބުނެއެވެ.
އެގޮތުން، މަމްސް އެންޖީއޯގެ ކެއާރ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޫޓު، އިސްޓާކީނު އަދި ޔުނީފޯމް ސެޓްތައް ދީފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.
މި ޕްރޮގްރާމަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއިއެކު، މިއަހަރު މަމްސް އެންޖީއޯ އިން ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިހާތަނަށް 134 ކެއާ ޕެކޭޖް ބަހާފައެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމަޢުގައި އެންމެ އެހީތެރިކަން ބެނުންވެފައިވައި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މިގެ ތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ އެކަނިވެރި މައިން ހިމެނެއެވެ.
ދިރާގަކީ، ސަރުކާރުން ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރު ކޮށްދޭ އެކި މަރުކަޒުތަކަށް ކެނޑިނޭޅި ގިނަ އެހީތައް ސީއެސްއާރުގެ ދަށުން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ކުޑަކުދިންގެ ހިޔާ އަށާއި ފިޔަވައްޗަށް ވެސް އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ދިރާގުން އަންނަނީ ދެމުންނެވެ.
މަމްސް އެންޖީއޯގެ "ބެކް ޓު ސްކޫލް" ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ