ސ\ސބުރުކީނާ ފާސޯގައި ހަތިޔާރު އެޅި ހަނގުރާމަވެރިން ވަގަށް ނަގާފައިވާ އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން 66 މީހުން، އެގައުމުގެ ސަލާމަތީ ބާރުތަކުން މިދިޔަ ހަފްތާގައި މިނިވަންކޮށްފިއެވެ.
ބުރުކީނާ ފާސޯގެ އިރުމަތީ ސަރަހައްދުތަކުން ކިޑްނެޕް ކޮށްފައިވާ އެ އަންހެނުންނާއި ކުޑަކުދިންތަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހޯދިފައިވަނީ ޖެނުއަރީ 12 އަދި 13 ވަނަ ދުވަހު އާބިންޑާ ޑިސްޓްރިކްޓްގެ ދެ ވިލެޖެއްގެ ބޭރުންނެވެ.
ވަގަށް ނަގާފައިވާ 27 އަންހެނުންނާއި 39 ތުއްތު ކުދިންނާއި، ކުޑަ އަންހެން ކުދިންނާއި ފިރިހެން ކުދިންތަކެއް ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުން ރެސްކިއު އޮޕަރޭޝަންގެ ކުރިޔަށް ގެންގޮސްފައިވާ ކަމަށް ހުކުރު ދުވަހު އެގައުމުގެ މީޑީއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އަދި މި މީހުން ސަލާމަތް ކޮށްފައިވަނީ ކިޑްނެޕް ކުރި މީހުންގެ ބެލުމުގެ ދަށުގައި ތިބޭތާ 8 ދުވަސް ފަހުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ބުރުކީނާ ފާސޯ އަކީ ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ތެރޭގައި އަލްގައިދާ އާއި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާއި ގުޅިގެން ހަލަބޮލިކަން އުފައްދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއްގައުމެވެ.
ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅުން އޮންނަ ހަތިޔާރު އެޅި ހަނގުރާމަވެރިން ބުރުކީނާ ފާސޯގައި ސުކޫލު ކުދިންނާއި، އަންހެނުންނާއި ކުޑަ އަންހެން ކުދިން ވަގަށް ނެގުން އާންމުވެ އެކަން ވަނީ އދ ގެ ސަމާލުކަމަށްވެސް އައިސްފައެވެ.
އަދި އެގައުމުގެ އަސްކަރީ ސަރުކާރުންވެސް ވަނީ އާންމު ރައްޔިތުންނަށް ހަތިޔާރު އެޅި ގުރޫފުތަކުގެ ނުރައްކާ ބޮޑުކަމުގެ އިންޒާރު ދީފައެވެ.
ބުރުކީނާ ފާސޯގައި ވަގަށް ނަގާފައިވާ އަންހެނުންނާއި ކުޑަކުދިންތަކެއް ހޯދާ މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ