ފީވަކު ސްކޫލް ތަރައްގީކުރުމަށް 14 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

ށ. ފީވަކު ސްކޫލް މަލްޓި ޕަރޕަސް ހޯލް އަދި ވަށާފާރުގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންގައި މިނިސްޓްރީ އޮފް އެޑިކޭޝަނާއި، ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފީވަކު ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ޔެސް މޯލްޑިވްސްއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އަޝްހަދު ސައީދެވެ.
ފީވަކު ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 14,7 މިލިއަން ރުފިޔާއަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދިނުމަށެވެ.
މިކަމާގުޅޭގޮތުން މިނިސްޓްރީން ބުނީ މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ފީވަކު ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތުގެ އިތުރުން، ސްކޫލުގެ ވަށާފާރުގެ މަސައްކަތްވެސް ވަނީ އެކުންފުންޏާ ޙަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ