މާލެއާއި ހުޅުމާލެ އިން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. ކަރަންޓު އަލުން ދިނުމަށްޓަކައި ސްޓެލްކޯއިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިއަދު ކުއްލިގޮތަކަށް ކަރަންޓް ގޮސްފައިވާއިރު، ސްޓެލްކޯއިން ވަނީ ރޭފަތިހުން ފެށިގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައެވެ. މިމަސައްކަތް ކޮށްފައިވަނީ އިންޖީނުގެ ނިއްވާލައިގެންނެވެ. އިންޖީނުގެ ނިއްވާލާފައިވަނީ ރޭ މެންދަމުން އަލިވެ 3:00އިން ފެށިގެން ހެނދުނު 8:00 ޖެހުމާހަމައަށެވެ. އެވަގުތު މާލޭގެ ލޯޑް ހުރީ 76 މެގަވޮޓްގައެވެ. މިވަގުތުތަކުގައި އިންޖީނުގެ ނިއްވާލި ނަމަވެސް މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުންނެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯއިން ވިދާޅުވީ މި އަޕްގްރޭޑަކީ އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލާފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އަންގާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުނުކެނޑި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ގެންނަންޖެހޭ އަޕްގްރޭޑާއެކު އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ