ކަރަންޓު ކަނޑާނުލައި އަޕްގްރޭޑު ނިންމާލި ކަމަށް ސްޓެލްކޯއިން ބުނެފައި ވަނިކޮށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތް އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނިތާ ގަޑިއިރުތަކެއް ތެރޭ ގްރޭޓާ މާލެ ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ. 
މިވަގުތު މާލެ އާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ކަރަންޓު ނެތް ކަމަށް އެ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުން ދަނީ ބުނަމުންނެވެ. 
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯއިން ބުނެފައިވެ އެވެ. 
އެ މަސައްކަތް ސްޓެލްކޯއިން ފެށީ ރޭ ދަންވަރު 03:00 ގަ އެވެ. އަދި އެ މަސައްކަތް ނިންމާލީ މިއަދު ހެނދުނު 08:00 ގައި ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ