ތޮއްޑޫން ގޯތި ދޫކުރުން ކޯޓުން ހުއްޓުވައިފި

ތޮއްޑޫ އިން 100 ގޯއްޗަށް އިއުލާނުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސްތެރޭގަ އެވެ. ކައުންސިލުން ދޭން ނިންމާފައި ވަނީ 3000 އަކަފޫޓުގެ 100 ގޯއްޗެވެ.
އއ. ތޮއްޑޫ އިން ދޫކުރަން ހަމަޖައްސާފައިވާ 100 ގޯތި ދޫކުރުން އެރަށު މެޖިސްޓްރޭޓް ކޯޓުން ހުއްޓުވައި ކައުންސިލްގެ މައްޗަށް އަމުރެއް ނެރެފި އެވެ.
ތޮއްޑޫން 100 ގޯއްޗަށް އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ކައުންސިލުން ދޭން ނިންމާފައި ވަނީ 3000 އަކަފޫޓުގެ 100 ގޯއްޗެވެ. ގޯއްޗަށް ކުރިމަތިލި މީހުންގެ ލިސްޓުގައި ނަން ނުހިމެނޭ ހަތަރު މީހަކު ވަނީ ކައުންސިލާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށްފަ އެވެ. ކޯޓުގައި އެ މައްސަލަ ކުރިއަށްދާތީ ވަގުތީ ގޮތުން ގޯތި ދޫކުރުން މަޑުޖައްސައި ދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެމީހުންގެ ފަރާތުން އެދިފައި ވެއެވެ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ނެރުނު އަމުރުގައި، މައުލޫއީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޯތި ލިބޭ މީހުންގެ ލިސްޓަށް އަމަލު ނުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރު ކޮށްފައިވެ އެވެ.
އަމުރުގައި ބަޔާން ކޮށްފައި ވަނީ، ކައުންސިލުން ގޯތި ދޫކުރާ ފަހުން މި މައްސަލަ ދައުވާ ކުރާ ހަތަރު މީހުންނާ އެއްކޮޅަށް ނިމިއްޖެނަމަ އެމީހުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ. މިއީ ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ހައްގަކަށް އުނިކަމެއް އައިސްގެން ބަޔަކު ކުރާ ދައުވާއެއް ކަމުން ގޯތި ދޫކުރަން މަޑުޖައްސާލަން އަމުރު ކޮށްފައި ވެއެވެ.ކައުންސިލާ ދެކޮޅަށް ދައުވާ ކުރި މީހުން ބުނެފައި ވަނީ ކައުންސިލުން ގޯތި ދޫކުރުމަށް އެކުލަވާލައިފައިވާ އުސޫލު ވެސް ގޯސް ކަމަށެވެ. އަދި މާކްސް ދީފައި ވަނީ ވެސް އިންސާފުވެރިކޮށް ނޫން ކަމަށެވެ.ތޮއްޑޫން އެންމެ ފަހުން ގޯތި ދޫކުރި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން 2020 ގައި ވެސް ގޯތި ދޭން އިއުލާނު ކުރި އެވެ. ނަމަވެސް މައްސަލަތަކެއް ފާހަގަ ގޯތި ދޫކުރުމުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ